ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
އެމް.އެން.ޑީ.އެފް އަށް 02 (ދޭއް) ރިޖިޑް އިންފްލޭޓަބަލް ބޯޓް (ރިބް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2023/153 އިޢުލާނާއި ގުޅިގެން ދީފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބަދަލު ގެނެސްފައިވާތީ، އެއިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލްކުރުމަށްފަހު، މިކަމަށް އަލުން އިޢުލާންކުރީމެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މިމަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މިމިނިސްޓްރީގެ ފަރާތުން ގެންނަނަމަ އެބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މިއިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 23 ޖުލައި 2023 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 800.00ރ (އަށް ސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 23 ޖުލައި 2023 ވަނަ ދުވަހުން ފަށައިގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ. ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލްކުރެވޭނެއެވެ.
- އީމެއިލް އެޑްރެސް: tender@defence.gov.mv
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- ވެބްސައިޓް: https://bit.ly/3m9zDGW
24 ޛުލްޙިއްޖާ 1444
12 ޖުލައި 2023