ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
މަޤާމު |
ޑިރެކްޓަރ |
ރޭންކް/ކްލެސިފިކޭޝަން |
ޑިރެކްޓަރ /EX 1 |
ސަރވިސް |
އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް |
ޑިޕާޓްމަންޓް / ސެކްޝަން |
ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން |
ބޭނުންވާ ޢަދަދު |
1 |
މުސާރަ |
-/8835 ރުފިޔާ |
ސަރވިސް އެލަވަންސް |
-/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ތަޢްލީމާއި ތަޖްރިބާ |
އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- މިސެންޓަރުގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން ސެކްޝަންގެ ހިންގުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން. 2- ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމަށްޓަކައި މިސެންޓަރުން ހިންގާ އެންމެހައި ޕްރޮގްރާމްތައް ވެރިންގެ އިރުޝާދާ އެއްގޮތަށް ރާވައި ހިންގައި ބެލެހެއްޓުން. 3- މިދާއިރާގެ ޕްލޭންތަކާއި، އޮނިގަނޑުތަކާއި، ގައިޑްލައިންތައް ތައްޔާރުކުރުމާއި ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސާތަކަށް ތައްޔާރުވެ ތިބުމަށް އަޅާނެ ފިޔަވަޅުތައް އެކުލަވާލުން. |
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން |
17 ފެބުރުވަރީ 2015 ވާ ނއަންގާރަ ދުވަހު 14.30 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ، މާލެ / ރިހިޖެހިކޮށި. |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ). 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). 3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ. 4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ). 5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ - މަސައްކަތު އަޚްލާޤު - މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް - ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މައުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެންފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު. |
އިންޓަވިއު ކުރުން |
މިމަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ 22 ފެބުރުވަރީ 2015 އިން 26 ފެބުރުވަރީ 2015 އާ ދެމެދު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރަށާއި ތަޖްރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ. |
މަސައްކަތްކުރަންޖެހޭ ތަން |
މި މަޤާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން ޢާއްމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333416 ނަންބަރު ފޯނާއެވެ. |
13 ރަބީޢުލްއާޚިރު 1436