ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު ، ދިވެހިރާއްޖެ
އިއުލާން
23 ޖުލައި 2023 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ދައުވަތު
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކާއި ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، 2024 ވަނަ އަހަރު މިކައުންސިލުން ތާވަލް ކުރެވިފައިވާ ހަރަކާތްތަކާއި އެ ހަރަކާތްތަކަށް ލަފާކުރާ ބަޖެޓް ހިމެނޭ ކައުންސިލްގެ މަސައްކަތު ތާވަލާއި ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުން 2023 ޖުލައި 23 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް ހޯލްގައި އޮންނާނެވެ.
މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ މައުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.
- 2023 ވަނަ އަހަރުގެ އުނގޫފާރު ކައުންސިލްގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް
- އުނގޫފާރު ކައުންސިލްގެ 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށަހެޅުން
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް 2023 ޖުލައި 23 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 އަށް އުނގޫފާރު ސުކޫލް ހޯލަށް ވަޑައިގަތް ދެއްވުން އެދި އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.