ވަޒީފާގެ ފުރުޞަތު
|
ޝޮޕް އެސިސްޓެންޓް
|
މަޤާމު:
|
02 (ދެއެއް)
|
ބޭނުންވާ ޢަދަދު:
|
މުސާރަ އަދި އެލަވަންސް: ނެގޯޝަބަލް
|
މުސާރައާއި އެލަވަންސް:
|
- ފިހާރައަށް ވަންނަ ކަސްޓަމަރުންނަށް ހިނިތުންވުމާއެކު މަރުޙަބާ ކިޔާ ގަންނަން ބޭނުންވަނީ ކޮން އެއްޗެއްތޯ އޮޅުންފިލުވާ ދެނެގަތުން
- ފިހާރައިގައި ބެހެއްޓިފައިވާ މުދަލާއި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
- ފިހާރައިގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުން
- ހަރުތަކުގައި އެކަށީގެންވާވަރަށް މުދާ ހުރިތޯ ޔަގީންކުރުމާއެކު، މުދާ ވިކެމުންދާ މިންވަރަށް ބަލައި ހަރުތަކުގައި މުދާ ރީސްޓޮކްކުރުން.
- ފިހާރައިގެ ސާފުތާހިރުކަން ޔަގީންކުރުން.
- ޝިފްޓް ފެށޭގަޑި އަދި ޝިފްޓް ނިމޭގަޑީގައި ކޭޝް ޑްރޯވަރ ޓެލީކުރުން.
- ކަސްޓަމަރ ލޯޔަލްޓީ އިތުރުކުރުމަށާއި ފިހާރަ އިސްތިހާރުކޮށް މަޝްހޫރު ކުރުމަށްޓަކާ ފިހާރައިގެ މާކެޓިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޖީއާއި އެއްގޮތަށް ސޭލްސް އިތުރުކުރުމުގެ މަސައްކަތްތައް ހިންގުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
ތަޢުލީމު:
- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 03 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.
ތަޖުރިބާ
- މަސއްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 01 އަހަރު އުޅެފައިވުން.
|
މަޤާމުގެ ޝަރުތުތައް:
|
- ލިސްޓް ކުރެވިފައިވާ އެޕްލިކޭޝަންގެ ލިޔުންތައް ހުށަހަޅާނީ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
- ގޫގުލް ލިންކް: -
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މަޤާމަށް އެދެންވީ ސުންގަޑި:
23 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެކުރިން univiya.holdings@univiya.com.mv އަށް އީމެއިލް މެދުވެރިކޮށް.
|
ނޯޓު :
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|