ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ހުދު ކުލައިގެ ޓީޝާޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް އަންދާސީހިސާބު ހުށަހަޅާއިރު، ސަޕްލައިކޮށްދޭ ޓީޝާޓްތަކުގެ ސާމްޕަލް ހުށަހަޅަންވާނެއެވެ. ސާމްޕަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލްކުރެވޭނެއެވެ. މިކަމަށް މީގެ ކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2023/68 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ސާމްޕަލް ޓީޝާޓުތައް އެކަށީގެން ނުވާތީ އާއި އެކަށީގެންވާ ޓީޝާޓަކަށް ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ފާހަގަ ކުރެވޭތީ އެއިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލްކޮށް މިކަމަށް އަލުން އިޢުލާންކުރީމެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މިމަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މިމިނިސްޓްރީގެ ފަރާތުން ގެންނަނަމަ އެބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މިއިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 06 އޯގަސްޓް 2023 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.
- އީމެއިލް އެޑްރެސް: tender@defence.gov.mv
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- ވެބްސައިޓް: https://bit.ly/3m9zDGW
30 ޛުލްޙިއްޖާ 1444
18 ޖުލައި 2023