ދިވެހިރާއްޖެ
ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމާއި އަދި ފުވައްމުލަކު ރައްޔިޔުންގެ މާލިއްޔަތު އިތުރުކުރުމަށާއި، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ފައިސާގެ ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ -/000,50 (ފަންސާސް ހާސް ރުފިޔާ) އާއި ހަމައަށެވެ.
ފައިސާގެ އެހީ ދެވޭ ދާއިރާތައް:
- އަތްތެރި މަސައްކަތް
- ބިއުޓީ އަދި މޭކަޕް ކުރުން
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
- ކުޅިވަރު އަދި ފިޓްނަސް
- މަސްވެރިކަން
- އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
- މެނުފެކްޗަރިންގ
- ދަނޑުވެރިކަން
12. ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތް
13. ފަތުރުވެރިކަން
14. އަމިއްލަ އުފެއްދުންތައް
މައިކްރޯފައިނޭންސް ސްކީމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި 20 އޯގަސްޓް 2023 ގެ 12:00 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކް މެދުވެރިކޮށް https://forms.gle/41TrHyuFov65yqND6 ގޫގްލް ފޯމު ވެސް ފުރުއްވޭނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6865001 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.