ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ 1.5 ޓަނުގެ އޮޓޯ ގިއާ ލޮރީއެއް، ކާރެއް އަދި މިނީ ވޭނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: |
|
ތަފްސީލް |
ތާރީޚް |
ގަޑި |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި: އީމެއިލް: bids@kulhudhuffushicity.gov.mv |
17 އޮގަސްޓް 2023 (ބުރާސްފަތި) |
10:30 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
20 އޮގަސްޓް 2023 (އާދީއްތަ) |
10:30 |
އަންދާސީ ހިސާބު ހުށަހެޅުން |
21 އޮގަސްޓް 2023 (ހޯމަ) |
10:30 |
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ޖަލްސާކުރާ މާލަމުގައި |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527182 ނުވަތަ 6527192 އަށެވެ. |
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv އިން 25 ޖުލައި 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މަޢުލޫމާތު ޝީޓު ޑައުންލޯޑް ކޮށްލެއްވުމަށް: https://kulhudhuffushicity.gov.mv/2023/07/14118