ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ ޖިމްޞަރަޙައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި 02 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ 12:00ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތަކަށެވެ.
- ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތަށް މަހަކު -/1700 (އެއްހާސް ހަތްސަތޭކަ) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ.
- ޙަވާލުކުރާނެ ފަރާތް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
- ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ.
މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:
- ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
- ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
- ސިވިލްސަރވިސް މުވައްޒަފެއް، އެހެން އިދާރާއެއްގައި ވަޒީފާއަދާ ކުރާ މީހަކަށް ކުރިމަތި ނުލެވޭނެ.
31 ޖުލައި 2023
ހޯދާ