ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ މަޑިފުށީ ފެނުގެ ނިޒާމާއި ގުޅިގެން، ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމާގުޅޭ

                        މި ރަށުގައި ޤާއިމްކުރުމަށް ފެށިފައިވާ ފެނުގެ ނިޒާމްގެ މަސައްކަތާއި ގުޅިގެން، ގޭގެ ވެރިފަރާތުން ކަނެކްޝަން ގުޅައިދިނުމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ. މި ފޯމް ހުށަހެޅުމުގައާއި، އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރެވޭނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރަމުންދާ ޤަވައިދު ނަމްބަރ 2022/R-90 '' މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢު ތަކުގެ ދަށުން، ނަރުދަމާގެ ޚިދުމަތް ގުޅައި ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވަޢިދު'' އާއި އެއްގޮތަށެވެ. އަދި ފީ އަކާނުލައި ފެން މީޓަރ ގުޅައިދިނުމުގައި ބެލެވޭނީ މިޤަވަޢިދުގެ 5ވަނަ ނަމްބަރ ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމު ބަލައި ގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަން ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

                       ފެނުގެ ނިޒާމަށް އެދި ހުށަހެޅުމަށް ކުރިންވެސް ވަނީ ފުރުސަތު ދެވިފައެވެ. ނަމަވެސް ގިނަ ޢަދަދެއްގެ ގެތަކުން ފޯރމް ހުށަހަޅާފައިނުވާތީ ފަހު ފުރުސަތެއްގެ ގޮތުގައި އަލުން ހުޅުވާލުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، ފެނުގެ ޚިދުމަތަށް އެދި ފޯރމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 3 އޯގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ 11.00ގެ ކުރިން މިއިދާރާއަށް ވަޑައިގެން ކަނެކްޝަންއަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުއްވުން އެދެމެވެ. އަދި މި މުއްދަތުގައި ރަސްމީގަޑީގައި މިފޯމް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.   

31 ޖުލައި 2023
ހޯދާ