ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރަން ހުރި ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވާތީ ކުރެވުނު އިޢުލާން

c

 

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް

            ގދ.ރަތަފަންދޫ، ދިވެހިރާއްޖެ      

                                                          ނަންބަރ : Q5C-A/2023/3

އިޢުލާން

ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރަން ހުރި ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ. ވީމާ،

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޮގަސްޓް 2 ން ފެށިގެން 2023 އޮގަސްޓް 8 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް މި ކޯޓަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
  2. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮގަސްޓް 9 ވަނަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  3. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަންޏެވެ.
  4.  ބީލަން ހުށަހެޅުމާއި ހުޅުވުން އޮނާނީ 2023 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް

ގދ.ފަތަފަންދޫ

ފޯން: 6840151 ،6840153

އީ-މެއިލް: info@gdh-rathafandhoo.court.gov.mv

ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

14 މުޙައްރަމް 1445

01 އޮގަސްޓް 2023

 

                       ނިޒާރު ޢަލީ

                                                             ޗީފް އެޑްމިނިސްޓްރޭޓަރ

01 އޮގަސްޓް 2023
ހޯދާ