ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ގދ. ފިޔޯރީގައި ކުރިއަށް ގެންދަވާ ޑިޒައިން އެންޑް ބިލްޑް އޮފް ހާބަރއަޕްގްރޭޑް އެންޑް ޝޯރޕްރޮޓެކްޝަން ސްޓްރަކްޗަރސް ކުރުމުގެ އަމަލީ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ އެކްމަޑޭޝަން ހަމަޖެއްސެވުމަށް 3 ކޮޓަރި، 3 ފާޙާނާ ، ސިޓީންގރޫމް އަދި ބަދިގެ ހިމެނޭ ގޮތަށް މަސައްކަތް ނިމެންދެން 6(ހައެއް) މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. އަދި، މި މުއްދަތުގައި ޕްރޮޖެކްޓްގެ ސައިޓް ސުޕަވައިޒަރގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް ވަކިން ރޫމެއް ކުއްޔަށް ހިފަންވެސް ބޭނުންވެއެވެ.
ވީމާ، ގެ އަދި ރޫމެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މިކަމަށް ކުރިމަތިލައްވާ ކޯޓޭޝަންތައް ހުށައެޅުއްވުން އެދެމެވެ. ކޯޓޭޝަންތައް ބަލައިގަތުމާއި، އަދި ހުޅުވުން އޮންނާނީ 2023 އޮގަސްޓް 6 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ކޯޓޭޝަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
- ހުށަހަޅާފަރާތުގެ އައި. ޑީ ކާރޑް ކޮޕީ
- ކޯޓޭޝަން (3 ކޮޓަރީގެ ގެއަކަށް ވަކިން އަދި ސުޕަވައިޒަރ ރޫމް ވަކިން)
ހުށަހެޅިފައިވާ އަގުތަކަށް ބެލުމަށްފަހު އެމް.ޓީ.ސީ.ސީ އިން ހިޔާރުކުރާފަރާތަކާއި އެކު އެއްބަސްވުމެއް ހެދި އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: projects@fiyori.gov.mv