ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގެ މަރާމާތުގެ މަސައްކަތްތައް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   މުވައްޒަފުންގެ ފާޚާނާ މަރާމާތު ކުރުމުގެ މަސައްކަތް

1.2.   މެޖިސްޓްރޭޓް ރޫމުގެ ދޮރާއި ކުޑަދޮރުތަކަށް ބަދަލުގެނައުން އަދި ޝަރީޢަތް ރޫމުގެ ދޮރުތަކަށް ބަދަލުގެނައުމުގެ މަސައްކަތް

1.3.  ގުދަނުގައި ފައިލުރެކް ހެދުމުގެ މަސައްކަތް

 

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                        I.         ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

                      II.         ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                     III.         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                    IV.         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް

  1. މިމަސައްކަތާއި ގުޅޭ ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޯގަސްޓް 13 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  2. ބީލަން  ހުށައެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2023 އޯގަސްޓް 22 ވާ އަންގާރަ ދުވަހުގެ 13:00 ގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ މެޖިސްޓްރޭޓް ކޯޓް، ހދ މަކުނުދޫ، ދިވެހިރާއްޖެ،ފޯން: 6520078  ،އީ-މެއިލް: info@hdh.makunudhoo.court.gov.mv

‏15‏ މުޙައްރަމް‏ 1445

‏02‏ އޮގަސްޓް‏ 2023

02 އޮގަސްޓް 2023
ހޯދާ