ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ މައުލޫމާތާއި އެއްގޮތަށް މިކުންފުނީގެ ސ.ގަން ސައިޓުގައި ކުރުމަށް ހަމަޖެހިފައިވާ މަރާމާތުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 10 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:00 ގެ ކުރިން tenders@fsm.mv އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
- ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރ
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ބީލަން ހުށަހެޅުއްވުމާއި ހުޅުވުން: ބީލަން ހުށަހެޅުއްވުމާއި ހުޅުވުން އޮންނާނީ 20 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ތިރީގައިވާ އެޑުރެހުގައެވެ.
6 ވަނަ ފަންގިފިލާ ،
އެފް.އެސް.އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ
އީމެއިލް މެދުވެރިކޮށް ބިޑު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން bidsubmissions@fsm.mv އަށް އީމެއިލް ކުރެއްވުންއެދެމެވެ.
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
06 އޮގަސްޓް 2023
ހޯދާ