ވިނަކޮށާ މެޝިނެއް ގަނެ، ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
|
މި ކައުންސިލަށް ވިނަކޮށާ މެޝިނެއް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ (IUL)401-E/401/2023/32(23 މެއި 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް، ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައި ނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލް ކޮށްފީމެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ -/150ރ އެވެ.
- ރަޖިސްޓްރީ ވުމަށްޓަކައި 13 އޯގަސްޓް 2023 (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/4fRu2rDLF5sSfGk28
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު projects@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޯގަސްޓް 2023 (އަންގާރަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 22 އޯގަސްޓް 2023 (އަންގާރަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައި ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ.
|