ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސްޓޭޑިއަމް ގައި ޓެންޓު އަދި ފްލެގް ޕޯސްޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ކުޅުދުއްފުށި ސްޓޭޑިއަމް ގައި ޓެންޓު އަދި ފްލެގް ޕޯސްޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/G9sbwJnXK9

 

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ

‏13‏ އޮގަސްޓް‏ 2023‏ (އާދީއްތަ‏)

11:00

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏17‏ އޮގަސްޓް‏ 2023‏ (ބުރާސްފަތި‏)

11:00

އަންދާސީ ހިސާބު ހުށަހެޅުން

‏20‏ އޮގަސްޓް‏ 2023‏ (އާދީއްތަ‏)

11:00

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527192 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏08‏ އޮގަސްޓް‏ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

 

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

ބީލަމާގުޅޭ މައުލޫމާތު ޝީޓާއި ބީލަން ފޮތް ޑައުންލޯޑް ކުރެއްވުމަށް:https://kulhudhuffushicity.gov.mv/2023/08/14209

08 އޮގަސްޓް 2023
ހޯދާ