ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އިޢުލާން

ނަންބަރ:

 (IUL)421/421/2023/39

ތާރީޚް

‏ 22 މުޙައްރަމް 1445

 09  އޮގަސްޓް 2023

 

އަންދާސީހިސާބު  ބޭނުންވެއްޖެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީއިން ގދ.ވާދޫގައި އެޅުމަށް ހަމަ ޖެހިފައިވާ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، ކުރެހުން އަދި ބީ.އޯ.ކިއު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން procurement@gaafdhaalvaadhoo.gov.mv އަށް އީ-މެއިލްގެ ޒަރިއްޔާއިން ނުވަތަ 6840005 ނަންބަރ ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ބަޔާންކޮށްފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި، ކުންފުނި/ވިޔަފާރީގެ ނަން، މަސްޢޫލުވާ ފަރާތް، ގުޅޭނެ ފޯން ނަމްބަރ އަދި އީ-މެއިލް އެޑްރެސް ހުށައަޅަންވާނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ޤާނޫން ނަންބަރ 2014/18 ގެދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ތަފްސީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި

16/08/2023

ބުދަ

13:00

އަންދާސީ ހިސާބު ހުށައެޅުމުގެ ސުންގަޑި

20/08/2023

އާދީއްތަ

13:00

09 އޮގަސްޓް 2023
ހޯދާ