ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "2023 ވަނަ އަހަރުގެ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް" އަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީ ސްޓޭޑިއަމްގެ އާބާތުރަ ފިލުވުން، ބެންޗު ހެދުން އަދި ފާހާނާ މަރާމާތު ކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: |
|
ތަފްސީލް |
ތާރީޚް |
ގަޑި |
ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން) |
15 އޮގަސްޓް 2023 (އަންގާރަ) |
10:30 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
20 އޮގަސްޓް 2023 (އާދީއްތަ) |
10:30 |
އަންދާސީ ހިސާބު ހުށަހެޅުން |
21 އޮގަސްޓް 2023 (ހޯމަ) |
10:30 |
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527182 ނުވަތަ 6527192 އަށެވެ. |
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 10 އޮގަސްޓް 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބީލަމާގުޅޭ މައުލޫމާތު ޝީޓާއި ބީލަން ފޮތް ޑައުންލޯޑް ކުރެއްވުމަށް: https://kulhudhuffushicity.gov.mv/2023/08/14219