ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބިޒްނަސް ޕްލޭން، ފައިނޭންޝިއަލް ޕްލޭން އަދި ރިސްކް ޕްރޮފައިލް އެކުލަވާލުމާއި ސިޓީ ކައުންސިލްގެ ވިޔަފާރި ކުންފުނި އުފެއްދުމަށް ބޭނުންވެއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބިޒްނަސް ޕްލޭން، ފައިނޭންޝިއަލް ޕްލޭން އަދި ރިސްކް ޕްރޮފައިލް އެކުލަވާލުމާއި ސިޓީ ކައުންސިލްގެ ވިޔަފާރި ކުންފުނި އުފެއްދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/k29w8gtut6

 

 

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި:

އީމެއިލް: bids@kulhudhuffushicity.gov.mv

‏20‏ އޮގަސްޓް‏ 2023‏ (އާދީއްތަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏23‏ އޮގަސްޓް‏ 2023‏ (ބުދަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏24‏ އޮގަސްޓް‏ 2023‏ (ބުރާސްފަތި‏)

10:30

ތަން:  ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527182 ނުވަތަ 6527192 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏10‏ އޮގަސްޓް‏ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 ބިލާމާއިގުޅޭ މައުލޫމާތު ޝީޓް އަދި ބީލަން ފޮތް ޑައުންލޯޑް ކުރެއްވުމަށް : https://kulhudhuffushicity.gov.mv/2023/08/14224/

 

10 އޮގަސްޓް 2023
ހޯދާ