ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ނެޓްވޯކް އެޅުމަށް ކޯރުނުން (ދެވަނަ ފޭސް)

މި ރަށުގައި ކައުންސިލުން އަޅާ ފައިބަރ އޮޕްޓިކް ކޭބަލް ނެޓްވޯކު އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޯގަސްޓް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއިން ބީލަންފޯމު ބައްލަވައިގަތުމަށްފަހު، 22 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ info@hirilandhoo.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 9860060 ނަންބަރަށް ގުޅުއްވުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 އޮގަސްޓް 2023
ހޯދާ