ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުން ދައްކާ ކުރެހުމަކާ އެއްގޮތަށް މި ސްކޫލުގެ ލީޑިންގ ޓީޗަރސް ރޫމުގައި އަމިއްލަ ތަކެތީގައި ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MUH-01/1/2015/2) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި އިޢުލާން ބާޠިލުކޮށް، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 10:45 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.