ދިވެހިރާއްޖެ
މިރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކާއި ކުޑަކުދިންގެ ޕާކް ބައްތިތައް އަދި ގަބުރުސްތާނު ބައްތިތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ 1 އަހަރު ދުވަހުގެ މުއްދަތަކަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 15 އޮގަސްޓް 2023 އިން 23 އޯގަސްޓް 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 13:30 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ projects@uligan.gov.mv އަށް އީމެއިލް ކުރައްވައިގެން، ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.
ފޯމުގެ ލިންކު: https://forms.office.com/r/7ZuHMi2uU9
މި މަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 އޯގަސްޓް 23 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން projects@uligan.gov.mv އަށް އީމެއިލު ކުރައްވައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މި ބީލަމާއިގުޅޭ ޕްރީ ބިޑް މީޓިން އޮންނާނީ 17 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގައި އުލިގަމު ކައުންސިލްގެ މީޓިން ރޫމްގައެވެ. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.