ދިވެހިރާއްޖެ
ފެލިދެ އަތޮޅު ފުލިދޫގައި ޤާއިމުކުރާ ވޮލީ ކޯޓުގެ ބިމުގައިހުރި ރުއްގަސް ކަނޑާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން
މަސައްކަތް ކުރުވާ ފަރާތް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ޕްރޮޖެކްޓްގެ ނަން: ވ.ފުލިދޫގައި ގާއިމުކުރެވޭ އައުޓްޑޯ ވޮލީކޯޓު :
ކޮންޓްރެކްޓް ޓައިޓަލް: 1- ވ.ފުލިދޫގައި ގާއިމުކުރާ އައުޓްޑޯ ވޮލީކޯޓުގެ ރުއްގަސް ކަނޑާ ބިންސާފުކުރުން :
ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތުގެ އިޢުލާން ނަމްބަރު: (IUL)357-Cf357/357/2023/47
ދަޢުވަތު ދެވިފައިވާ ތާރީޚް: 15 އޯގަސްޓް 2023
- މިނިނސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރ ގެ ފަރާތުން ފެލިދެ އަތޮޅު ފުލިދޫ ގައި ގާއިމުކުރެވޭ ވޮލީކޯޓު ބިމުގައި ހިމެނޭ ރުއްގަސް ކަނޑާ ބިން ސާފުކޮށް ދިނުމަށް ޝައުޤުވެރިވާ، ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ރަނގަޅަށް ބަންދުކުރެވިފައެވެ.
- ބީލަން ކުރިއަށް ގެންދާނީ ޤަވާޢިދު ނަމްބަރު: R-20/2017 "ދައުލަތުގެ މާލިއްޔަތު ޤަވާޢިދު"އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ޝަރުޠު ހަމަވާ،ދިވެހިރާއްޖޭގެ ބީލަންވެރީންނަށް ހުޅުވާލެވިފައެވެ.
- ޝައުޤުވެރިވާ އަދި ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަން ފޮތް ބައްލަވާލެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި 13:00 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :
ސަމާލުކަމަށް: ޕްރޮކިއުމަންޓް އޮފިސަރ/ ޢަބްދުﷲ ޖަލީލް، ސީނިއަރ ފައިނޭންސް އޮފިސަރ
އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު
އަތޮޅާއި ރަށް: ވ.ފުލިދޫ
ޒިޕް ކޯޑް:10010
ޤައުމު: ދިވެހިރާއްޖެ
ފޯނު ނަމްބަރު:9606706529+
އީމެއިލް: info@fulidhoo.gov.mv
- ޝައުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރުން:
- ބީލަން ފޮތަށް އެދި އެއްބަސްވުމުގެ ނަން ނުވަތަ ބީލަމުގެ ނަން އެނގޭނޭގޮތަށް މަތީގައިވާ އެޑްރެހަށް ލިޔުމުން (ސިޓީ ނުވަތަ އީމެއިލްގެ ޒަރިއްޔާއިން) ހުށަހަޅަން ވާނެއެވެ.
- ބީލަން ފޮތް، އީމެއިލްގެ ޒަރީއާއިން ނުވަތަ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ލިބިލައްވާނެއެވެ.
- ބީލަންތައް ހުށަހެޅުން:
- ބީލަންތައް ހުށަހަޅާނީ މަތީގައިވާ(4.) އެޑްރެހަށެވެ.
- ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ" 24 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އެވެ".
ބީލަމުގެ ސުންގަނޑި ހަމަވުމުން، ބީލަން ހުޅުވާ ޖަލްސާގައި ބައިވެރިވުމަށް ޚިޔާރުކުރާ ބީލަންވެރީންގެ މަންދޫބުންގެ ހާޟިރުގައި، ވަގުތުން ބީލަންތައް ހުޅުވޭނެއެވެ.
- ބީލަން ހުށަހަޅާއިރު ބިޑު ސެކިއުރިޓީއެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
- ބީލަންވެރީން،ބީލަންތައް ތައްޔާރުކުރުމާއި، ބީލަން ހުށެހެޅުމަށް ކުރާ އެއްވެސް ޚަރަދަކާއި ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.