ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ މި އިދާރައިގެ ބެލުމުގެ ދަށުގައިވާ ވ.ފުލިދޫ ކުނިކޮށި 01 ސެޕްޓެންބަރު 20223 ން 31 ޑިސެންބަރު 2023 ގެ ނިޔަލަށް (3 މަސް ދުވަހަށް ) ކޮންޓްރެކްޓު އުޞޫލުން ބަލަހައްޓައިދޭން ޝައުޤްވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން 1- ކުނިކޮށި ބެލެހެއްޓުމާއިގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 21 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރައިގެ ޖަލްސާކުރާ މާލަމުގައެވެ. 2- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 އޯގަސްޓް 2023 ވާ އާދީއްތަ ދުވަހު މެންދުރު ފަހު 13:30 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރައިގެ ޖަލްސާކުރާ މާލަމުގައެވެ. އިތުރު މަޢުލޫމާތު:
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބާލާނެ މިންގަނޑުތައް
އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް: ހ- އަންދާސީ ހިސާބު ށ- ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ ނ- އަމިއްލަފަރާތްތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައިގާ ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
|