ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރާ ލުއި ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާއިގުޅޭ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރާ ލުއި ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާއިގުޅޭ

           

ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމާއި އަދި ފުވައްމުލަކު ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމަށާއި، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާގެ ލޯނު ދޫކުރުމުގެ މުއްދަތު 27 އޯގަސްޓް 2023 ވަނަދުވަހުގެ 12:00 އަށް ވަނީ އިތުރުކޮށްފައެވެ. މި ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ -/000,50 (ފަންސާސް ހާސް ރުފިޔާ) އާއި ހަމައަށެވެ.  

ފައިސާގެ އެހީ ދެވޭ ދާއިރާތައް:

  1. އަތްތެރި މަސައްކަތް
  2. ބިއުޓީ އަދި މޭކަޕް ކުރުން
  3. ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  4. ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  5. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  6. ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  7. ކުޅިވަރު އަދި ފިޓްނަސް
  8. މަސްވެރިކަން
  9. އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
  10. މެނުފެކްޗަރިންގ
  11. ދަނޑުވެރިކަން

12. ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތް

13. ފަތުރުވެރިކަން

14. އަމިއްލަ އުފެއްދުންތައް

 

މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6860001 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

04 މުޙައްރަމް 1445

20  އޯގަސްޓް 2023                                     

20 އޮގަސްޓް 2023
ހޯދާ