ދިވެހިރާއްޖެ
ހުޅުމާލޭން ގުދަނެއްް ކުއްޔަށް ހިފުމާބެހޭ
ހުޅުމާލޭން 800 އަކަފޫޓާއި 1000 އަކަފޫޓާ ދޭތެރޭގެ ތަނެއް ގްރައުންޑް ފްލޯރއިން ގުދަނަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 26 ފެބުރުވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ހުޅުމާލޭ ޕޯސްޓު އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓު ލިމިޓެޑް(3 ވަނަ ފްލޯރ އަށް) މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު ADMHR-MPL/2015/14 (02 ފެބުރުވަރީ 2015)ގެ އިޢުލާން ބާތިލް ކޮށްފީމެވެ.
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުޞީލު
- އިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (އަކަފޫޓް)
- ޢިމާރާތަކީ ގުދަނެއް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ކުއްޔަށް ދޭ ގުދަން މަގުމައްޗަށް ވަކިން ވަދެވޭ ގޮތަށް ހުރުން
- އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- އިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
- އިމާރާތުގެ ކުލި
- ޢިމާރާތް ކުއްޔަށް ހިފަން ބޭނުންވާ މުއްދަތު (5 އަހަރަށް) ވުރެ ކުރުނޫން މުއްދަތަކަށް
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް
- ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
- ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
- ކުއްޔަށް ދޭ ތަނަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ ތަނެއް ކަމުގައި ވުން
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން، ތަނުގެ ބޮޑުމިން އެނގޭނެ ކުރެހުމެއް ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
މި ބިޑާގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު: %40
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: % 10
29 ރަބީޢުލްއާޚިރު 1436