ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޅ. އޮޅުވެލިފުށި މެޖިސްޓްރޭޓް ކޯޓު
|
މުސާރަ:
|
-/4465 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
އެހެނިހެން އެލަވަންސް:
|
-ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35
- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކޯޓަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކޮށް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ލިޔެކިއުންތައް ސެކްޝަންތަކާއި ޙަވާލުކުރުން
- ކޯޓުގެ މުވައްޒަފުންގެ ޙާޟިރީ ރެކޯޑް (މުވައްޒަފުންގެ ޗުއްޓީއާ ސަލާމުގެ ރިކޯޑުތަކާއެކު) "ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު" އާއި އެއްގޮތަށް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން. (މެމްސް މެދުވެރިކޮށް)
- ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، އެވަގުތަކު ކޯޓުގެ އިދާރީ ކަންކަން ހިންގުމާ ޙަވާލުވެހުންނެވި ވެރިޔެއްގެ ލަފާގެމަތިން ފުރިހަމަކޮށް، ސޮއިކުރުވުން.
- އޮފީހަށް ގަންނަންޖެހޭ މުދަލާ، ބޭނުންވާ ޚިދުމަތުގެ އަގު ހޯދާ، ޕަރޗަސް އޯޑަރު ތައްޔާރުކުރުން
- މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކޯޓުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ މަޢުލޫމާތު ފަސޭހައިން ހޯދާލެވޭނެފަދަގޮތަކަށް ބެލެހެއްޓުން.
- ކޯޓުގެ ކައުންޓަރުން ޢާއްމުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، ޕީ.އޭ.ބީއެކްސް ނަންބަރު (6620359) ފޯނަށް ޢާއްމުންނާއި ރަސްމީ ފަރާތްތަކުން ގުޅާ ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި، އެފަރާތްތަކުން ހޯދަން އެދޭ ޚިދުމަތްތަކާގުޅޭ މުވައްޒަފުންނާ ގުޅުވައިދިނުން.
- ކޯޓުން ބައިވެރިވާ ރަސްމީ ޖަލްސާ/ސެމިނަރ/ވަރކްޝޮޕް/ދަތުރުފަދަ ކަންތައްތަކުގެ ރިކޯޑް އެނގޭނެގޮތަށް ބެލެހެއްޓުމާއި، މިފަދަ ކަންތައްތަކުގައި މުވައްޒަފުން ބައިވެރިވުމަށްޓަކައި ކޯޓުން ކޮށްދޭންޖެހޭ އިދާރީ އެންމެހާ ކަންތައްތައް ހަމަޖައްސައިދިނުން.
- ކޯޓުގެ މުވައްޒަފުންގެ ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުންފަދަ ވަޒީފާއާއި ގުޅުންހުރި އެންމެހާ ކަންތައްތަކެއްގެ އިދާރީ މަސައްކަތްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ކުރުމާއި، ކޯޓުގެ މުވައްޒަފުންގެ (ދާއިމީ އަދި ވަގުތީ) މަޤާމުތަކުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
- ކޯޓު ހުޅުވާ ލެއްޕުމުގެ ކަންތައްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ރާވައި، އިންތިޒާމުކޮށް ބެލެހެއްޓުން
- އިދާރީ ކަންތައްތަކާ ގުޅިގެން އެކި ފަރާތްތަކުން އަންނަ ސިޓީ، މެސެޖް ފަދަ ލިޔުންތަކަށް ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބުލިޔެ އެފަރާތްތަކަށް ފޮނުވުމާއި، އަދި އަނގަބަހުން ޖަވާބުދާރީވާންޖެހިއްޖެ ކަމެއްގައި އެގޮތުގެމަތިން ޖަވާބުދާރީވުން.
- އެއަރކޯން ފަދަ ހުރިހާ މެޝިނަރީއާއި، އިކްއިޕްމަންޓްސްގެ ކަންތައްތައް ބެލެހެއްޓުން.
- ނީލަންކިޔުމާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުން
- ހައުސްކީޕަރުންނާ ވޮޗަރުން ޤަވާޢިދުން ޙަރަކާތްތެރި ކުރުވުމާއި، އެމީހުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން
- މުވައްޒަފުންނަށް ލިބެންޖެހޭ މަހުމުސާރައާއި އިނާޔަތްތަކުގެ ހިސާބުތައް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ސުންގަޑިއަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން
- ކުރިއަށްއޮތް އަހަރަށް ލަފާކުރާ ޅ.ކުރެންދޫ ކްލަސްޓަރގެ ބަޖެޓް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ތައްޔާރުކޮށް، ކަނޑައެޅިފައިވާ ސުންގަޑިއަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ފޮނުވުން.
- ކޯޓަށް ހުށަހެޅޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ހުރިހާ ސަޕޯޓިންގ ޑޮކިއުމަންޓް ހަމަކޮށް، ޚަރަދު ކުރަންޖެހޭ ކޯޑުގައި ފައިސާ ހުރިތޯ ޔަޤީންކޮށް، މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެ މަތިން އެޚަރަދުކުރުމަށް ޗީފް އެޑްމިނިސްޓްރޭޓަރގެ ހުއްދަ ހޯދާ، ވައުޗަރު ތައްޔާރުކޮށް ޗީފް އެޑްމިނިސްޓްރޭޓަރ އެޕްރޫވްކުރުމަށްޓަކައި ފައިނޭންސް މޮޑިއުލްއަށް އެންޓަރކޮށް، އެ ވައުޗަރު އެޕްރޫވްކުރުވުން.
- ކޯޓުގެ ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ (ދަތުރު އެލަވަންސް، ކޮއްތުފައިސާ، އިންސިޑެންޝަލް އަދި އެހެނިހެން ދަތުރު ޚަރަދު) އާއިބެހޭ ލިޔެކިއުންތައް ފުރިހަމަކޮށް އެފައިސާ ލިބެންޖެހޭ މުވައްޒަފުންނާ ޙަވާލުކުރުން.
- ޚަރަދު ކުރެވެމުންދާ ވަރަކުން ކޯޓުގެ ބަޖެޓް ބާކީ ބެލެހެއްޓުން
- އޯޑިޓް ކުރުމުގައި ކޯޓުގެ ފައިސާއާއިބެހޭގޮތުން ކުރިމަތިވާ ސުވާލުތަކަށް ބޭނުންވާ ލިޔެކިއުންތައް ފޯރުކޮށްދިނުން
- ބަނޑޭރި-ޕޭ ޕޯޓަލް މެދުވެރިކޮށް އެކިފަރާތްތަކުން ކޯޓަށް ދައްކާ ފައިސާގެ ރަސީދުތައް ތައްޔާރުކޮށް، ރަސީދުތައް ފޮނުވަންޖެހޭ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވުން
- ޤަޟިއްޔާތަކުން ސާބިތުވާ ޖޫރިމަނާ ޚަރަދުތައް އެފަރާތްތަކުން ދެއްކުމަށްޓަކައި ފައިނޭންސް މޮޑިއުލްއަށް އެންޓަރކުރުން.
- ޅ. އޮޅުވެލިފުށި މެޖިސްޓްރޭޓް ކޯޓުގެ ޖަމާކުރި/ޚަރަދުކުރި ފައިސާއާއިބެހޭ މަސްދުވަހު ރިޕޯޓް ތައްޔާރުކޮށް، ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އެވަގުތަކު ޙަވާލުވެ ހުންނެވި އިދާރީ ވެރިއެއްގެ ސަމާލުކަމަށް ގެނެސް ޤަވައިދުން ފައިލްކޮށް ބެލެހެއްޓުން
- ކޯޓުގެ ތިޖޫރީ ބަލަހައްޓައި، ކަނަޑައެޅިފައި އޮންނަ އުޞޫލަކުން ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.
- ޤަޟިއްޔާތަކާ ގުޅިގެން ލީގަލް ސެކްޝަނަށް ބޭނުންވާ ޚަރަދާ ދަރަނީގެ މަޢުލޫމާތުތައް ފޯރުކޮށްދިނުން
- ޚަރަދު/ދަރަނި/އާމްދަނީގެ ރެކޯޑްތަކުގެ ދުވަހުފޮތް ފުރިހަމަކޮށް ބެލެހެއްޓުން.
- ހޮވައިގެން ގެނެވޭ ތަކެތި ބަލައިގަނެ، އޮންނަ އުސޫލަކުން އެތަކެތި ބެލެހެއްޓުން
- ކޯޓުގެ އިދާރީ މުވައްޒަފުން ޗުއްޓީ ނަގާ ހާލަތުގައި އެމުވައްޒަފުގެ މަސައްކަތްތަކާ ޙަވާލުވެ، ކޯޓުގެ އިސް ވެރިން އަންގާ ގޮތެއްގެ މަތިން އެމަސައްކަތްތައް ކުރުން.
- މީގެ އިތުރުންވެސް ޤާނޫނާ ޤަވައިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެއްމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމަށް ކަނޑައަޅާފައިވާއަސާސީ ޝަރުޠުތައް:-
- 1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:-
މިމަޤާމަކީ ވަކި ޚާއްޞަ ތައުލީމީ ރޮނގެއް ކަޑައެޅިފައިނުވާ މަޤާމެކެވެ.
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:-
މިމަޤާމަކީ ގުޅޭ ވަޒީފާގެ ދާއިރާތައް ކަޑައެޅިފައިނުވާ މަޤާމެކެވެ.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛
2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛
2.4 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)
2.5 އަނބިމީހާ ނުވަތަ ފިރިމިހާ؛
2.6 ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛
2.7 މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛
2.8 ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛
2.9 ދެބޭންގެ ދެދަރި މީހަކު.
ކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) www.judiciary.gov.mv
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
މާރކްސް
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބފައިވާ ތަޢުލީމު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް
|
25
|
އިންޓަރވިއު
|
35
|
|
100
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޯގަސްޓް 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޅ. އޮޅުވެލިފުށި މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިކޯޓުގެ އީ-މެއިލް info@lh-olhuvelifushi.court.gov.mvމެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިމްތިޙާނު އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ، 1 ސެޕްޓެންބަރު 2023 އާއި 16 ސެޕްޓެންބަރު 2023 އާ ދެމެދު، ޅ. އޮޅުވެލިފުށި މެޖިސްޓްރޭޓް ކޯޓުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6621004 އަށެވެ. އީ-މެއިލް ކުރާނީ info@lh-olhuvelifushi.court.gov.mv އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެއުމަށް ދެންނެވީމެވެ.
މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
|