ދިވެހިރާއްޖެ
c
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ގދ.ރަތަފަންދޫ، ދިވެހިރާއްޖެ
ނަންބަރ : Q5C-A/2023/4
އިޢުލާން
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.
- އެސް.އެސް. ގޭޓް ހެދުން
- އެލްމިނިއަމްއަށް ދޮރާއި ދޮރުފަތް ބަދަލުކުރުން
- ކަރަންޓް ވިއުގަ މަރާމާތްކުރުން
- ކޯޓުގެ އެތެރެއާއި ބޭރުގައި ކުލަ އާއި ދަވާދު
ü މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޮގަސްޓް 24 ން ފެށިގެން 2023 އޮގަސްޓް 28 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް މި ކޯޓަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
ü މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮގަސްޓް 28 ވަނަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ü މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަންޏެވެ.
ü ބީލަން ހުށަހެޅުމާއި ހުޅުވުން އޮނާނީ 2023 އޮގަސްޓް 31 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
ü އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ގދ.ފަތަފަންދޫ
ފޯން: 6840151 ،6840153
އީ-މެއިލް: info@gdh-rathafandhoo.court.gov.mv
ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
08 ޟަފަރު 1445
24 އޮގަސްޓް 2023
ނިޒާރު ޢަލީ
ޗީފް އެޑްމިނިސްޓްރޭޓަރ