ދިވެހިރާއްޖެ
"ދުޅަހެޔޮ، ހަށިހެޔޮ" ކަސްރަތު ޕްރޮގްރާމް
ބ.ގޮއިދޫ ދެޖިންސުގެ ކުދި، ބޮޑު އެންމެހާ ފަރާތްތަކަށް އަމާޒުކޮއްގެން ކަސްރަތު ޕްރޮގްރާމްތަކެއް 3 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކަސްރަތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މި ކައުންސިލްގެ ސްޕޯޓްސް ކައުންސިލަރގެ ބެލުމުގެ ދަށުންނެވެ. 'ދުޅަހެޔޮ، ހަށިހެޔޮ" ކަސްތަރު ޕްރޮގްރާމްގެ މަޤްސަދަކީ ބ.ގޮއިދޫގައި ސިއްޙީގޮތުން ދުޅަހެޔޮ ވެއްޓެއް ބިނާކުރުމެވެ.
ވީމާ، މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ކައުންސިލްއަށް ހުށަހެޅުއްވުންއެދެމެވެ.
އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީމެއިލް އެޑްރެސް : info@baagoidhoo.gov.mv
މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.