މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުން

އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުން

            މިކައުންސިލްގެ ފަރާތުން އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން 15 އޮގަސްޓް 2023 ގައި ކުރެވިފައިވާ ނަންބަރ : (IUL)294-D/294/2023/60 އިޢުލާން އަށް ހުށަހަޅާފައިވާ ބިޑްތައް އެކަށީގެންވާ އަގަށް ވުރެ ބޮޑުކަމަށް ފެންނާތީ މިއިޢުލާން ބާތިލްކުރުމަށް ފަހު އަލުން އިއުލާން ކުރަމެވެ.

           މަސައްކަތާއި ގުޅޭ މައުލޫމާތު ދިނުން 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިއިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ދުރުވެ ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮގަސްޓް 2023
ހޯދާ