ދިވެހިރާއްޖެ
ނަންބަރު: (IUL)CHSE-SMT/1/2023/26
2023-2024 ވަނަ ދިރާސީ އަހަރު މިސްކޫލްގެ ގްރޭޑް 11އަށް ކުދިން ވެއްދުމަށްފަހު، ހުސްވެފައިވާ ޖާގަތަކަށް އަލުން އިއުލާން ކުރަމެވެ. މިސްކޫލްގެ ގްރޭޑް 11އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- 1 މެއި 2022 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާން ވާނެއެވެ.
- މީގެކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ވެގެންނުވާނެއެވެ.
މިސެންޓަރުން މިއަހަރު ދެވަނަ ފުރުސަތުގައި ޖާގަދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ތާވަލްގައިވާ މާއްދާ ކޮމްބިނޭޝަންތަކަށް އެކަނިއެވެ.
ކޮމްބިނޭޝަން ކޯޑް |
ކޮމްބިނޭޝަންގެ މާއްދާތައް |
ޖާގައިގެ އަދަދު |
NAC2310 |
އިކޮނޮމިކްސް، ބިސްނަސް ސްޓަޑީސް، މެތަމެޓިކްސް |
5 |
NAS2304 |
ކެމިސްޓްރީ، ބަޔޮލޮޖީ، ލިޓްރޭޗަރ |
5 |
NAS2305 |
ކެމިސްޓްރީ، ބަޔޮލޮޖީ، ފިޒިކްސް |
5 |
މިއަދަދަށްވުރެ އިތުރަށް ޝަރުޠު ފުރިހަމަވާ ކުދިން ވަންނަން އެދި ފޯރމް ހުށަހަޅާފައިވާނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެއެވެ. މިނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ ތިރީގައިމިވާ މިންގަނޑަށެވެ.
ގްރޭޑް |
A* |
a |
b |
c |
ޕޮއިންޓް |
15 |
12 |
9 |
7 |
މިގޮތުން، ދިވެހި، އިސްލާމް، އިގިރޭސި، ހިސާބު އަދި އެންމެ މަތިން ފާސްވެފައިވާ އިތުރު 4 މާއްދާ ހިމަނައިގެން ޖުމްލަ 8 މާއްދާއަށް ލިބޭ ސްކޯރއަށް ބަލައިގެންނެވެ.
2024 ދިރާސީ އަހަރު، ސީ.އެޗް.އެސް.އީ ގްރޭޑް 11އަށް ކުދިން ވެއްދުމަށް އެދޭ އެޕްލިކޭޝަން ފޯމު މިސެންޓަރުގެ ރިސެޕްޝަނުން ލިބެންހުންނާނެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1) ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ.
2) ސްކޫލް ނިންމިކަމުގެ ލިޔުމުގެ ކޮޕީ.
3) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
ފޯމު ހުށަހެޅުން
އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ
ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.00 ން މެންދުރުފަހު 13.00 އަށް، މިސްކޫލްގެ އޮފީހުންނެވެ.
އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 5 ސެޕްޓެމްބަރ ގެ 13.00 ގެ ނިޔަލަށެވެ.
17ޞަފަރު 1445
01 ސެޕްޓެންބަރު 2023