ދިވެހިރާއްޖެ
މަގުމަތީ ބައްތި، ބަނދަރު ބައްތި، ޕާކް ބައްތި އަދި ގަބުރުސްތާން ބައްތި ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
މިރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކާއި ކުޑަކުދިންގެ ޕާކް ބައްތިތައް އަދި ގަބުރުސްތާނު ބައްތިތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ 1 އަހަރު ދުވަހުގެ މުއްދަތަކަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 03 ސެޕްޓެމްބަރ 2023 އިން 06 ސެޕްޓެމްބަރ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 13:30 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ projects@uligan.gov.mv އަށް އީމެއިލް ކުރައްވައިގެން، ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.
ފޯމުގެ ލިންކު: https://forms.office.com/r/ZBJZyKV8rc
މި މަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 ސެޕްޓެމްބަރ 06 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން projects@uligan.gov.mv އަށް އީމެއިލު ކުރައްވައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 ސެޕްޓެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.