ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ (IUL)266-PR/266/2023/195 (03 ސެޕްޓެމްބަރ 2023) އިޢުލާނުގައިވާ ކުޅުދުއްފުށި ސިޓީގައި ހިނަވާގެއެއް އިމާރާތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ މަޢުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚްވަނީ ބަދަލުވެފައެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: |
|
ތަފްސީލް |
ތާރީޚް |
ގަޑި |
ޕްރީ ބިޑް މީޓިންގ (މަޢުލޫމާތު ސެޝަން) |
07 ސެޕްޓެމްބަރ 2023 (ބުރާސްފަތި) |
10:30 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
18 ސެޕްޓެމްބަރ 2023 (ހޯމަ) |
10:30 |
އަންދާސީ ހިސާބު ހުށަހެޅުން |
19 ސެޕްޓެމްބަރ 2023 (އަންގާރަ) |
10:30 |
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527166 ނުވަތަ 6527192 އަށެވެ. |
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 03 ސެޕްޓެމްބަރ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/2023/09/14796