ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 99 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
9 އޮގަސްޓް 2023 |
ބައްދަލުވުން ބޭއްވި ގަޑި: |
10:00 |
ނިންމުންތައް
- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ސްޓޭޖާއި ބަނދަރު ސަރަހައްދުގައިވާ 2 ހަޓް ސިޔާސީ ހަރަކާތް ހިންގުމަށް ކައުންސިލުން ކަނޑައަޅާ އަގަކަށް ދޫކުރުމަށާއި ރަށުގެ މަގުތަކުގައި އާއްމުންނަށް ދަތިނުވާނޭގޮތައް ދިދަޖެހުމުގެ ހުއްދަދިނުމަށާއި އަދި މިތަކެތި 9 ސެޕްޓެބަރަށްފަހު 30 ދުވަހުގެތެރޭގައި ނެގުމަށާއި ދޫކުރެވޭ ޢިމާރާތްތައް ކުއްޔައް ދޫކުރުމުގެ ކުރީގައި ހުރިހާލަތަށް އިއާދަކުރުމަށާއި ކުއްޔައް ދޫކުރެވޭ މުއްދަތުގައި ތަނަށާއި ތަކެއްޗަށްލިބޭ ގެއްލުމަށް ކުއްޔައްނަގާ ފަރާތުން ޒިންމާވާގޮތައް ދޫކުރުމަށް ނިންމުނު.
- ކައުންސިލްގެ ސެކްރެޓަރީޖެނެރަލް އައްޔަނުކުރުމާއި ގުޅޭގޮތުން ސިވިލްސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ބޭފުޅުން ހޯދުމަށް އިއުލާނުކުރުމާއިނުލައި ހުށަހަޅާފައިވާ ފަރާތްތަކާއިއެކު ކުރިޔައްދިއުމަށް ނިންމުނު.
- އީދު ކުޅިވަރުކުޅުމަށް ބަހާފައިވާ ޓީމުން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވާގޮތައް އެފަރާތް ޓީމުން ވަކިވެފައިވާކަން އެފަރާތައް ލިޔުމުން އެންގުމަށް ނިންމުނު.
- އިދާރާއިން ހުށަހަޅާފައިވާ ބަޖެޓް ކޮންޓްރޯލް ފޯމު ފާސްކުރެވުނު.
09 އޮގަސްޓް 2023
ހޯދާ