އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫގައި އަލަށް ހިއްކި ބިންތަކުގެ ލޭންޑް ޔޫސް ޕްލޭން (LUP) ހަދާނެ ފަރާތެއް ހޯދުން

އިޢުލާން

އައްޑޫގައި އަލަށް ހިއްކި ބިންތަކުގެ ލޭންޑް ޔޫސް ޕްލޭން (LUPހަދާނެ ފަރާތެއް ހޯދުން

 

 

                މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އައްޑޫ ސިޓީގައި ހިއްކާ ނިމިފައިވާ ބިންތަކުގެ (މަރަދޫފޭދޫ، މަރަދޫ، އަދި ހިތަދޫގެ) ލޭންޑް ޔޫސް ޕްލޭން (LUP) ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                ވީމާ، ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، މި ބިންތަކުގެލޭންޑް ޔޫސް ޕްލޭން ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 20 ސެޕްޓެމްބަރ ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި، ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރ އަދި އީމެއިލް އެޑްރެސް) މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް tender@adducity.gov.mv މެއިލް ކޮށްގެން ބިޑު ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑު ފޯމް ސޮފްޓްކޮޕީ ފޯމެޓްގައި މެއިލްކުރެވޭނެއެވެ.

                މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް planning@adducity.gov.mv  އަށް މެއިލްކުރެއްވުން އެދެމެވެ.

                ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 ޞަފަރު 1445

04 ސެޕްޓެމްބަރ 2023

04 ސެޕްޓެންބަރު 2023
ހޯދާ