ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލްގެ ވޯކްޝޮޕް އަދި ގުދަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން (2 ވަނަ ފަހަރަށް ކުރެވޭ އިޢުލާން)

އިޢުލާން

ތާރީޚް: 5 ސެޕްޓެމްބަރ 2023

ނަންބަރ: (IUL)327-A/327/2023/245

ނައިފަރު ކައުންސިލްގެ ވޯކްޝޮޕް އަދި ގުދަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން (2 ވަނަ ފަހަރަށް ކުރެވޭ އިޢުލާން)

                   

ނައިފަރު ކައުންސިލްގެ ވޯކްޝޮޕް އަދި ގުދަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ނައިފަރު ކައުންސިލްގެ ވޯކްޝޮޕް އަދި ގުދަން މަރާމާތު ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުއްވުން އެދެމެވެ.   

ބީލަމުގައި ރަޖިސްޓްރީ ވުން                 

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

5 ސެޕްޓެމްބަރ 2023 އިން 12 ސެޕްޓެމްބަރ 2023 (10:00) އަށް

މަޢުލޫމާތު ސާފުކުރުން:

5 ސެޕްޓެމްބަރ 2023 އިން 12 ސެޕްޓެމްބަރ 2023 (10:00) އަށް

ގުޅޭނެ ނަންބަރ:

6620130

އީމެއިލް އެޑްރެސް:

procurement@naifaru.gov.mv އަދި info@naifaru.gov.mv އަށް ސީސީ ކުރަންވާނެއެވެ.

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7247788 އަށް ވައިބަރ އަށް އަދި procurement@naifaru.gov.mv އީމެއިލް އަށް ފޮނުއްވާ info@naifaru.gov.mv އަށް ސީސީ ކުރަންވާނެއެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

 

ބީލަން ހުށަހެޅުން                                      

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

13 ސެޕްޓެމްބަރ 2023 ބުދަ (12:00) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި "ނައިފަރު ކައުންސިލްގެ ވޯކްޝޮޕް އަދި ގުދަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން" ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

05 ސެޕްޓެންބަރު 2023
ހޯދާ