ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރަންހުރި މަރާމާތްތައް ކުރުމަށް

c

 

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް

            ގދ.ރަތަފަންދޫ، ދިވެހިރާއްޖެ      

                                                          ނަންބަރ : Q5C-A/2023/5

އިޢުލާން

ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

  1. އެސް.އެސް. ގޭޓް ހެދުން
  2. އެލްމިނިއަމްއަށް ދޮރާއި ދޮރުފަތް ބަދަލުކުރުން
  3. ކަރަންޓް ވިއުގަ މަރާމާތްކުރުން
  4. ކޯޓުގެ އެތެރެއާއި ބޭރުގައި ކުލަ އާއި ދަވާދު

ü      މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ސެޕްޓެންބަރ 07 ން ފެށިގެން 2023 ސެޕްޓެންބަރ 13 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް މި ކޯޓަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

ü      މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ސެޕްޓެންބަރ 13 ވަނަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

ü      މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ސެޕްޓެންބަރ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަންޏެވެ.

ü       ބީލަން ހުށަހެޅުމާއި ހުޅުވުން އޮނާނީ 2023 ސެޕްޓެންބަރ 19 ވާ އަންގާރަ ދުވަހުގެ 11:00 ގައި ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

ü      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް

ގދ.ރަތަފަންދޫ

ފޯން: 6840151 ،6840153

އީ-މެއިލް: info@gdh-rathafandhoo.court.gov.mv

ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

22   ޟަފަރު  1445

07 ސެޕްޓެންބަރު 2023

 

                                                                 ނިޒާރު ޢަލީ

                                                             ޗީފް އެޑްމިނިސްޓްރޭޓަރ

07 ސެޕްޓެންބަރު 2023
ހޯދާ