ދިވެހިރާއްޖެ
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ބޭނުންވާ 14 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 3 އޭޕްރީލް 2023، ވަނަދުވަހު ކުރެވުނު (IUL)203-AS/1/2023/21 އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. އިސްވެދެންނެވުނު އިއުލާނުގައިވާ މަސައްކަތުގެ ތަޖުރިބާ ބަލާނެ މިންގަނޑެއް މައުލޫމާތު ޝީޓުގައި ހިމެނިފައިނުވުމުން އިއުލާން ވަނީ ބާތިލް ވެފައެވެ. އެހެންކަމުން އަލުން މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން procurement@epa.gov.mv އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 02 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގައި އަންދާޒީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރަގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަންހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.