ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
އެމް.އެން.ޑީ.އެފް އަށް ސައިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2023/242 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް އިޢުލާންކުރީމެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މިމަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މިމިނިސްޓްރީގެ ފަރާތުން ގެންނަނަމަ އެބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މިއިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 24 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.
- އީމެއިލް އެޑްރެސް: tender@defence.gov.mv
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- ވެބްސައިޓް: https://bit.ly/3m9zDGW
29 ޞަފަރު 1445
14 ސެޕްޓެމްބަރ 2023