ދިވެހިރާއްޖެ
މި އިޢުލާންވަނީ 25 ސެޕްޓެންބަރު 2023 10:48 ގައި ބާތިލް ކުރެވިފައެވެ.
01 އޮކްޓޯބަރ 2023 އިން 30 ސެޕްޓެމްބަރ 2024 އަށް ( އެކެއް އަހަރު ދުވަހުގެ މުއްދަތަށް ) ގދ. ނަޑެއްލާ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތާބެހޭ އެންމެހާ ލިޔެކިޔުންތައް މި ލިންކުން https://tinyurl.com/ijtworks23 ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު ކޯޑު ސްކޭންކޮށްގެން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުގެ ހާރޑުކޮޕީ މި އިދާރާގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ތިރީގައިއެވާ ގޫގަލް ފޯރމްއިން ރެޖިސްޓްރީކުރެވޭނެއެވެ.
ގޫގަލް ފޯރމް ލިންކް: https://forms.gle/tG7yhYpRvjwDGGSN7
ބީލަން ހުށަހެޅުން އޮންނާނީ 25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:30 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން، އިޢުލާނު ނަމްބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.