މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު ކައުންސިލް އިދާރާގެ ސެކިއުރިޓީ އައުޓްސޯސްކުރުމާއި ގުޅޭ

ރ.މާކުރަތު ކައުންސިލް އިދާރާގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާއި ގުޅޭ

   މިއިދާރާގެ ނަންބަރ: (IUL)305/305/2023/61  (10 އޮގަސްޓް 2023) އިއުލާނާއި ގުޅުގެން ޙުށައަޅާފައިވާ ބިޑްތަކުގެ އަގުބޮޑުކަމަށް މިކައުންސިލްގެ ބިޑްކޮމެޓީއަށް ފެންނާތީ އެއިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރީމެވެ.

ރ.މާކުރަތު ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އައުޓްސޯސް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ބެލެހެއްޓްމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ، ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން ބިޑްރަޖިސްޓްރީކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ބިޑްރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބިޑްރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

#

ތަން

ދުވަސް

ތާރިޙް

ގަޑި

ބިޑްރަޖިސްޓްރީކުރުން

ރ.މާކުރަތު ކައުންސިލްގެ އިދާރާ

އަންގާރަ

18 - 26 ސެޕްޓެމްބަރ 2023

13:00

އަންދާސީ ހިސާބު

 ހުށަހެޅުން

ރ.މާކުރަތު ކައުންސިލްގެ އިދާރާ

އަންގާރަ

10 އޮކްޓޯބަރ 2023

13:00

   މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       02 ރަބީއުލްއައްވަލް 1445                          

       17 ސެޕްޓެމްބަރ 2023   

           

17 ސެޕްޓެންބަރު 2023
ހޯދާ