ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ 03 އެޕާޓްމަންޓަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދީ، ފާރު ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: |
|
ތަފްސީލް |
ތާރީޚް |
ގަޑި |
ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން) |
24 ސެޕްޓެމްބަރ 2023 (އާދީއްތަ) |
11:00 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
05 އޮކްޓޯބަރ 2023 (ބުރާސްފަތި) |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
08 އޮކްޓޯބަރ 2023 (އާދީއްތަ) |
11:00 |
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527182 ނުވަތަ 6527192 އަށެވެ. |
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 18 ސެޕްޓެމްބަރ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބީލަމާގުޅޭ މައުލޫމާތު ޝީޓް އަދި ބީލަން ފޮތް ޑައުންލޯޑް ކުރެއްވުމަށް: https://kulhudhuffushicity.gov.mv/2023/09/14953/