ދިވެހިރާއްޖެ
މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެ މަތިން ބ.ކެންދޫ ބިމާއި އިޙްތިޞާސްގައި ހިމެނޭ އެއްމެހާ ތަންތަން ހިމެނޭގޮތަށް، ކުރިޔައް އޮތް 20 އަހަރު ދުވަހަށް ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ޓޮޕޮގްރަފިކް ސަރވޭއާއި ކަމާގުޅޭ ގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތަށް، ރިޕޯޓްތައް އަދި ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު projects@kendhoo.gov.mv އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން |
15 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 11:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ. ބީލަން ހުޅުވާނީ 15 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. |
މި މަސައްކަތާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދީފައިވާ މުއްދަތުގައި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ނުކުރާ އެއްވެސް ވިޔަފާރިއަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.
އިތުރުމައުލޫމާތު ހޯއްދެވުމަށް 6600004 ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ info@kendhoo.gov.mv އަށް އީމެއިލް ކުރެވުން އެދެމެވެ. މިއިޢުލާނާއިއެކު، ބިނާވެށި ޕްލޭން ހެދުމާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ގައިޑްލައިނެއް އެއްހީރަސްކުރެވިފައިވާނެއެވެ
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.