ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ދޫކުރުން
- ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ދިނުމަށް ކައުންސިލުން ނިއްމަވާފައިވާތީ ،މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ނަންބަރު ( ޤާނޫނު ނަންބަރު 18/2014 ) ގެދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 26 ސެޕްޓެންބަރު 2023 ން 11 އޮކްޓޫބަރު 2023 ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި އެވެ.
- ބީލަމުގައި ރަޖިސްޓްރީވެވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި info@buruni.gov.mv އަށް މެއިލް ކުރުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގެ މަޢުލޫމާތި ޝީޓް ދޫކުރެވޭނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- ބަދަލުގައި އެހެން ފަރާތަކުން ބީލަންހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންހުޅުވުން އޮންނާނީ 19 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
- ބީލަންހުށަހެޅުމަށް ބައިވެރިވެވޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
- ބީލަން ކެނޑުން އޮންނާނީ ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި ބީލަން ހުށަހަޅުއްވަން އަންނަ ހުރިހާ ފަރާތެއްހެ ހާޟިރުގައެވެ.
- ހުށަހަޅާ ބީލަންތަކުގެ މަޢުލޫމާތު ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ
- ފޯން: 6780038
- އީމެއިލް: info@buruni.gov.mv
ވީމާ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
11 ރަބީޢުލްޢައްވަލް 1445
26 ސެޕްޓެންބަރު 2023
ހޯދާ