ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު IUL)GS56/2015/06) އިޢުލާނަށް ކަނޑައެޅިފައިވާ ޝަރުޠުތަކާއެކު ގެއެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، މަހު ކުލި އެނގޭގޮތަށް 09 މާރިޗު 2015 ވާ ހޯމަަ ދުވަހު ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތަށް ހާޒިރު ނުވެވޭނަމަ ސިޓީއަކާއެކު އެފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ވަނަވަރު އެނގޭނޭފަދަ ލިޔުމަކާއި ކުއްޔަށް ދޭ ގޭގެ ޗާޓު (ފްލޯޕްލޭން) ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހުގެ 15:00 އަށް 6600136 ނަންބަރު ފޯނާއެވެ.

08 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ