މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުރައިދޫ ބަނދަރުގައި އެރައިވަލް އޭރިޔާއެއް އަދި ބަނދަރު ސަރަހައްދުގައި ހަޓްޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

            

                   ކ.ގުރައިދޫ ކައުންސިލުން ފޯރުކޮއްދޭ މައުލޫމާތާއި އެއްގޮތަށް ކ. ގުރައިދޫ ބަނދަރުގައި އެރައިވަލް އޭރިޔާއެއް އަދި ބަނދަރު ސަރަހައްދުގައި ހަޓްޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  procurement@guraidhoo.gov.mv  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 150.00 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-          ރަޖިސްޓްރީ ނަމްބަރ

-          އީމެއިލް އެޑްރެސް

-          ގުޅޭނެ މޯބައިލް ނަމްބަރު

                  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 15 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 09:00 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން procurement@guraidhoo.gov.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

04 އޮކްޓޫބަރު 2023
ހޯދާ