ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށް ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުން.
ޤަވާޢިދު ނަމްބަރ 181-R/2022 ، ދިރިއުޅުމަށްދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ހ) ގެދަށުން ބަންޑާރަގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި އެގޯތި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ދީފައިވުމާއެކު ، ބ ގޮއިދޫއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑަރަގޯތި އަމިއްލަކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ ގޯތީގެ ކޮންމެ އަކަފޫޓަކަށް -/50 (ފަންސާސް ރުފިޔާ ) ކަމަށް މިކައުންސިލްގެ 116 ވަނަ ޢާންމު ޖަލްސާ (30 އޯގަސްޓް 2023 ) އިން ނިންމާފައިވާތީ ، މިއިޢުލާން ގެޒެޓް ކުރެވޭ ތާރީޚުން ފެށިގެން މިދެންނެވި ނިންމުމަށް ޢަމަލުކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.