ދިވެހިރާއްޖެ
މިއިދާރާގައި ބޭނުންކުރަމުންދާ 2 ޓަނުގެ ޑަމްޕް ޕިކަޕް ސަރވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން: |
15 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 11:00 ގައި ކެންދޫ ކައުންސިލް އިދާރާގައި |
އަންދާސީ ހިސާބު ހުށަހެޅުން: |
18 އޮކްޓޫބަރު 2022 ވަނަދުވަހުގެ 11:00 ގައި ކެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން info@kendhoo.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.