ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީއަށް ބޭނުންވާ ފެން އަރުވާ ފައުންޓެއިނެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތިނަދޫ ސިޓީއަށް ބޭނުންވާ ފެން އަރުވާ ފައުންޓެއިނެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

              ތިނަދޫ ސިޓީ ގެ ނޭޗަރ ޕާރކް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފެން އަރުވާ ފައުންޓެއިނެއް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 16 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.             

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

09 އޮކްޓޯބަރ 2023- 16 އޮކްޓޯބަރ 2023

 

 

ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް

ބީލަން ހުށަހެޅުން

23 އޮކްޓޯބަރ 2023

ހޯމަ

13:00

ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި

09 އޮކްޓޫބަރު 2023
ހޯދާ