މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ކްރެޑިޓް އުޞޫލުން ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އިޢުލާން 

ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ކްރެޑިޓް އުޞޫލުން ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ކްރެޑިޓް އުޞޫލުން ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިއުޞޫލުން ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއި އެޓޭޗް ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރައްވާ އެފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވައި ދެއްވުން އެދެމެވެ.

ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރެއްވުމަށް އެދޭފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީއެފް) އަށް ބޭނުންވާ ޚިދުމަތްތަކެއް ކަމުގައިވާނަމަ، އެ ފަރާތްތައް ރަޖިސްޓްރީ ކުރިކަމުގެ މަޢޫލޫމާތު ލިޔުމުން މެއިލް ކުރެވޭނެއެވެ. މި ލިޔުމުގައި އެ ފަރާތް އެމް.އެން.ޑީ.އެފްގެ ދަފްތަރުގައި ރަޖިސްޓްރީ ކުރިކަމުގެ ރަޖިސްޓްރީ ނަންބަރު ހިމެނޭނެއެވެ.

ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރެއްވުމަށް އެދޭފަރާތްތަކުން، ރަޖިސްޓްރީ ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 10 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 23:59 އެވެ. މި ތާރީޚްގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ. މިކަމާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައި ދެއްވުން އެދެމެވެ.

  • ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމާއި ލިޔެކިޔުންތައް އީމެއިލް ކުރަންވީ އެޑްރެސް:
    • beysfaruva@mndf.gov.mv
    • CC (Send a copy of E Mail to):

tender@defence.gov.mv

 

  • ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރުމާއި ގުޅޭ ގޮތުން މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާ ލިޔެކިޔުންތައް އީމެއިލް ކުރަންވީ އެޑްރެސް:
    • ibrahim.mohamed@mndf.gov.mv
    • CC (Send a copy of E Mail to):

tender@defence.gov.mv

 

‏25‏ ރަބީޢުލްއައްވަލް‏ 1445

‏10‏ އޮކްޓޯބަރ‏ 2023

10 އޮކްޓޫބަރު 2023
ހޯދާ