ދިވެހިރާއްޖެ
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި މިކޯޓުގައި އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލުމަށް ކުރި މި ކޯޓުގެ ނަންބަރު H12C-A/2023/14 (12 ޖުލައި 2023) އިޢުލާނަށް ކޮމިޓީގައި މަދުވެގެން ތިބެންޖެހޭ މެމްބަރުންގެ އަދަދަށް ހުށަހެޅުން ލިބިފައިނުވާތީ ކުރި މި ކޯޓުގެ ނަންބަރު H12C-A/2023/20 (20 އޮގަސްޓް 2023) އަދި H12C-A/2023/21 (3 ސެޕްޓެމްބަރ 2023) އިޢުލާނަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައިނުވާތީ، ދަފްތަރަށް މެމްބަރުން އިތުރުކުރުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މަޤާމް: |
އަގުކޮމެޓީގެ މެމްބަރު |
ދަފްތަރުގެ މުއްދަތު: |
ކޮމިޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު |
މަސައްކަތްކުރަންޖެހޭ ތަން: |
މިކޮމެޓީގެ މެންބަރުންނާ މަސައްކަތް ޙަވާލުކުރާނީ ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުން (ނޯޓް: އެހެން ރަށެއްގެ ކޯޓަކަށްވެސް މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ) |
އުޖޫރަ އާއި ޢިނާޔަތްތައް: |
މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) (ނޯޓް: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ދިނުމުގެ އިތުރަށް، ހުރުމާއި، ކެއުމާއި، ދަތުރުޚަރަދު އެ ކޯޓަކުން ހަމަޖައްސައިދޭނެ) |
އަސާސީ ޝަރުޠު: |
1- ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން 2- ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ 3- ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން |
މައިގަނޑު މަސައްކަތް: |
ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން |
މަސައްކަތް ޙަވާލުކުރުން: |
ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެންބަރަކާ މަސައްކަތް ހަވާލުކުރެވޭނެ |
ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި: |
1- އަގުކޮމިޓީގެ މެމްބަރުކަމަށްއެދޭ ސިޓީ 2- އައި.ޑީ ކާޑުގެ ކޮޕީ 3- މެމްބަރު ކަމަށް އެދޭ ފަރާތުގެ ވަނަވަރު 4- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ މި ކޯޓުގެ އީ-މެއިލަށް މެއިލް ކުރައްވާ ސިޓީތައް އެއް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ. |
ސުންގަޑި: |
2023 އޮކްޓޯބަރ 23 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
މިކޯޓުގެ ނަންބަރު 6645575 ފޯނަށް ގުޅުއްވުން އެދެން |
26 ރަބީޢުލްއައްވަލް 1445
11 އޮކްޓޯބަރ 2023